Reflecting Teaching and Learning

Sunday, June 14, 2015

pls go to this page for a research on Blended-Learning-at-MNU https://www.facebook.com/pages/Student-Satisfaction-on-Blended-Learning-at-MNU

Wednesday, June 3, 2015

ދަރިވަރުންގެ ޝުއޫރުތަކުގެ އަލީގައި ...

ސެންޓަރ ފޮރ އޮޕަން ލާރނިން (ކޮލް) އަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ދުރުންދޭ ތައުލީމު ފޯރުކޮށްދޭ މަރުކަޒެވެ. މިސެންޓަރަށް ފަނަރަ އަހަރު ފުރުމާއިގުޅިގެން މިސެންޓަރުގެ ވެރިންނާއި އިންސްޓިޓިއުޓްގެ ހުރިހާ ލެކްޗަރާއިންނަށާއި ދަރިވަރުންނަށް މަރުހަބާ ދަންނަވަމެވެ. އަޅުގަނޑުގެ މިލިޔުމުގައި މައިގަނޑުގޮތެއްގައި ހިމަނާލައިފައިވާނީ ސެންޓަރ ފޮރ އޮޕަން ލާރނިންގ އިން ތަފާތު ކޯސް ތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި އެދަރިވަރުން ކިޔަވަމުންދާ ކޯސްތަކާ ބެހޭގޮތުން ފާޅުކޮށްފައިވާ ޚިޔާލުތަކާއި، ޝުއޫރު ތަކެވެ. އަދި މި ޝުއޫރުތަކުގެ އަލީގައި ކޮލްގެ މުސްތަޤްބަލް ބައްޓަން ކުރުމުގައި ވިސްނުންބަހައްޓަންވީ ގޮތާމެދު ބަލާލަމެވެ. މިސެންޓަރުން ވޭތުވެދިޔަ 15 އަހަރު ތެރޭގައި ވަނީ ވަރަށްގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. އޭގެތެރޭގައި ދަރިވަރުންނަށް ތަފާތު ގިނަ ދާއިރާ ތަކުގެ ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލުމާއި، ސެންޓަރުގައި ކިޔަވަމުންދާ ދަރިވަރުންގެ އަދަދު އިތުރުވުން ހިމެނެއެވެ. މީގެއިތުރުން ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ގެނެވިފައިވާ ބަދަލު ޚާއްސަގޮތެއްގައި ފާހަގަކޮށްލަންޖެހެއެވެ. މިގޮތުން ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ދަރިވަރުންނަށް ބޭނުންވާ 'ފްލެކްސިބިލިޓީ' އާއި 'އެކްސެސިބިލިޓީ' ލިބިދެވޭގޮތަށް ކޯސްތައް ފަރުމާކޮށް ހިންގައެވެ. ދަރިވަރުންނަށް ސްޓަޑީގައިޑް ފޯރުކޮށްދިނުމާއެކު ފޭސް-ޓު-ފޭސް ބުލޮކު ކުލާސްތަކާއި އޮންލައިން މަސައްކަތްތައް ހިމެނޭގޮތަށް 'ބްލެންޑެޑް މޯޑް'ގައި މަތީތައުލީމުގެ ކޯސްތައް ދިވެހި ރާއްޖޭގައި ހިންގާ ހަމައެކަނި މަރުކަޒަކީ ސެންޓަރ ފޮރ އޮޕަން ލާރނިންއެވެ. މިމަރުކަޒުގެ ކޯސްތައް 'ބްލެންޑެޑް މޯޑް'ގައި ފޯރުކޮށްދޭން ފަށާފައިވަނީ 2008ގައި ލާރނިން މެނޭޖްމެންޓް ސިސްޓަމެއް ބޭނުންކޮށްގެނެވެ. މިލާރނިން މެނޭޖްމެންޓް ސިސްޓަމް 'ޖެމް' ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔެވުމުގެ ގިނަމަސައްކަތްތަކެއް އޮންލައިންކޮށް ކުރަމުން ގެންދެވޭތީ، ރަށްރަށުގައި ދިރިއުޅޭ ދަރިވަރުންނަށް މަތީތައުލީމު ލިބިގަތުމަށް ހުޅުވާލެވިފައިވާ ރަނުގެ ފުރުސަތެއްކަން ދަރިވަރުން ފާހގަކުރެއެވެ. ތިރީގައި މި ހިމަނާލަނީ މިގޮތުން ދަރިވަރުން ފާޅުކޮށްފައިވާ ޚިޔާލާއި ޝުއޫރުތަކެވެ. "މިއީ ވ. ރަގަޅު ކޯހެއް. ހުރިހާ ދާއިރާ އަކާވެސް ގުޅުންހުރިކޯހެއް. ކޮންމެ ސެމިސްޓަރއެއް ނިމޭއިރު ސޯޝަލް އިޝޫސް ތަކާދޭތެރޭ ވިސްނި، މިހާރު ހުރި ޕޮލިސީތަކާއި އެޕޮލިސީތައް ހަރުދަނާ ކުރެވޭނެގޮތްތަކާދޭތެރޭ ވިސްނެއެވެ. ކޯހާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. I feel like a new person at the end of every semester. I feel like I can make a positive difference after I complete this course.” (Aishath Shabana, Librarian/ MNU Library/ Master of Social Policy Course Student Batch 1, 2014) "މިކޯހުގެ ސަބަބުން ދިވެހި މުޖުތަމައުގައި ހުރި އިޖުތިމާއީ މައްސަލަތަކަށް ހޭލުންތެރި ކުރުވިއެވެ. މިފަދަ މައްސަލަތައް ދިމާވާ ސަބަބުތަކާއި ކަމުގެ ހައްލާބެހޭގޮތުން މައުލޫމާތު އިތުރުވެ ކަމާގުޅޭ އިލްމީ ފައްނީ ޤާބިލްކަން ލިބިގެން ދާކަމަށް ޤަބޫލު ކުރަމެވެ. އަދި ކޯހުގެ ސަބަބަުން އިޖުތިމާއީ ޚިދުމަތްތަކެއް ދިނުމުގެ ފުރުސަތު އަޅުގަޑަށް ލިބޭނޭކަމަށް އުއްމީދު ކުރަމެވެ. މިކޯހަކީ މިވަގުތު ރާއްޖެއަށް ވަރަށް މުހިއްމު ކޯހެއް ކަމުގައި އަޅުގަނޑު ދެކެމެވެ." (ފަތުހުއްﷲ އިސްމާއީލް މާސްޓަރ އޮފް ސޯޝަލް ޕޮލިސީ ކޯސް، 2014) “I am a lawyer and it is difficult for me to do a professional course full time. But COL has made this possible by opening opportunities for the students to study at distance.” (Abdulla Zahir/ Assistance Council/MMA/ Diploma in Judicial Administration) “This faculty helps us to build our future career” (Mariyam Noora/field Officer/ Villa International Airport) "ރާއްޖެތެރޭގައި ވަޒީފާ އަދާކުރާ ކުދިންނަށް ފަސޭހަކަމާއެކު ކޯސްތައް ހެދުމުގެ ފުރުސަތު 'ކޮލް' އިން މިވަނީ ހުޅުވާލަދީފައެވެ. 'ކޮލް' ގައި ކިޔަވާދެއްވާ ލެކްޗަރާއިންނަކީ ކަމުގެ ތަޖުރިބާހުރި، އަދި ކުދިންނަށް ފަސޭހަކަމާއެކު ވިސްނޭ ފަދަގޮތަކަށް ކިޔަވާދެއްވާ ލެކްޗަރާއިންނެވެ." (އަހުމަދު ނަޒީރު/ށ. ނަރުދޫ މެޖިިސްޓްރޭޓް ކޯޓް/ އެޑްމިން އޮފިސަރ/ ޑިޕްލޮމާ އިން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ކޯހުގެ ދަރިވަރު 2014)(އަހުމަދު ނަޒީރު/ށ. ނަރުދޫ މެޖިިސްޓްރޭޓް ކޯޓް/ އެޑްމިން އޮފިސަރ/ ޑިޕްލޮމާ އިން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ކޯހުގެ ދަރިވަރު 2014) "ވަޒީފާގައި އުޅުއްވާ ބޭފުޅުންނަށް ކުރިއަށްދެވޭނެ ދޮރެއް ކޮލްއިން ހުޅުވާދީފައިމިވަނީ" (އަބުދުއްﷲ ރަފީއު/ދިވެހިރާއްޖޭގެ ހައިކޯޓް/ޑިޕްލޮމާ އިން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ކޯހުގެ ދަރިވަރު 2014 ްް) 'ކޮލް'އިން މިފަދަ ފުރުސަތެއް ހުލުވާލަ ދެއްވުން މިއީ މީގެ އެތަކެއް ދުވަހެއް ކުރިން އަޅުގަޑު ދެކެމުންއައި ހުވަފެނެއްގައި ކުލަޖެހުންކަމުގައި ގަބޫލު ކުރެވެއެވެ. މިކޯސް ކުރިއަށްގެންދާގޮތާމެދު ވަރަށް ހިތްހަމަޖެހެއެވެ. އަދި މިކަމަށްޓަކައި ކޮލްއަށް ޝުކުރުވެރި ވަމެވެ."/ ޑިޕްލޮމާ އިން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ކޯހުގެ ދަރިވަރު (އަލީ ރަޝީދު/ ރ. ހުޅުދުއްފާރު ، މެޖިސްޓްރޭޓް ކޯޓް/ ޑިޕްލޮމާ އިން ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ކޯހުގެ ދަރިވަރު 2014) 'ކޮލް'ގެ ސަބަބުން އިލްމީ ޤާބިލްކަން ހޯދުމަށް އެދެމުންދިޔަ އެތައްބަޔަކަށް އުމުރުގެ ތަފާތު ކުރުމެއްނެތި އުގެނުމުގެ ފުރުސަތު ލިބިގެން ހިގައްޖެއެވެ. އިލްމީ އައުބާބެއް ފެށިއްޖެ އެވެ. 'ގޮބޮޅި ކާއްޓަށް' ވުމުގެ ފުރުސަތު ލިބި ދޮރުތައް ހުޅުވިއްޖެއެވެ. މިއީ 'ކޮލް'އިން އެތައް ދިވެހި ދަރިންނަށް ހޯއްދަވައި ދެއްވި އަގުނުކުރެވޭނެ ފުރުސަތެކެވެ." (އަހުމަދު އަލި ފުޅު/ރިހިތަޅާގެ. ރ. ކަނދޮޅުދޫ/ ޑިޕްލޮމާ އިން ދިވެހި ޓީޗިންގެ ބެޗް 5 2014ގެ ދަރިވަރު) "'ކޮލް'އަކީ ކުރިއަށް ދިއުމަށް ހުރަސްތަކެއް ކުރިމަތި ވެފައިވާ ފަރާތްތަކަށް އެފުރުސަތު ތަނަވަސްކޮށް ދިނުމަށް ވަރަށްބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ތަނެކެވެ." ( ހަސީނާ މޫސާ/ ދިވެހި މުދައްރިސެއް/ ޑިޕްލޮމާ އިން ދިވެހި ޓީޗިންގެ ބެޗް 5 2014 ގެ ދަރިވަރު) " މިކޯހަކީ އަޅުގަނޑުމެން ކަހަލަ މާލީ ހާލަތު ދަށް މީހުންނަށް ވަރަށް މުހިއްމު ކޯހެއްކަމަށް ގަބޫލު ކުރަމެވެ. އަދި މިފަދަ ފުރސަތެއް ދެއްވި ކަމަށްޓަކައި ކޮލްގެ އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. އުއްމީދުކުރަނީ މުސްތަޤްބަލުގައިވެސް މިފަދަ ކޯސްތައް އިިތުރަށް ތަރައްޤީކޮށް ހިންގާނެ ކަމަށެވެ." (ހަސަން އާދަމް/ޤުލްބަކާގެ/ތ. ދިޔަދޫ/ ޑިޕްލޮމާ އިން ދިވެހި ޓީޗިންގެ ބެޗް 5 2014 ގެ ދަރިވަރު) " ކޮލް' އަށް ކިޔަވަން އަންނަން ނިންމީ ރަށުގައި ވަޒީފާގައި އުޅެމުން، ދަރިންބަލަމުން ކިޔެވުމުގެ ފުރުސަތު އަދި ހަމައެކަނި އޮތީ ކޮލްގައި ކަމުގައިވާތީ" (ޑިޕްލޮމާ އިން ދިވެހި ޓީޗިންގެ ބެޗް 5 2014 ގެ ދަރިވަރެއް) "ވަޒީފާގައި ހުރެގެން ކިޔެވުމުގެ ފުރުސަތު ތަނަވަސްވެފައި އޮތުމަކީ، އަމިއްލަ ދިރިއުޅުމެއް ފަށާ، އާއިލާއެއް ބަލަހައްޓަމުންދާ ފަރާތްތަކަށް ނުހަނު ބޭނުންތެރި ކަމެކެވެ. މިގޮތުން ކޮލްއިން މި ފުރުސަތު ތަނަވަސް ވެފައިވާތީ ކޮލްގެ ވެރިންނަށާއި މުއައްޒަފުންނަށް ނިހާޔަތައް ޝުކުރުވެރި ވަމެވެ. (މާފަރު ހަސަން/ ލީޑިންޓިޗަރ/ ޑިޕްލޮމާ އިން ދިވެހި ޓީޗިންގެ ބެޗް 5 2014 ގެ ދަރިވަރު) "ކޮލްގެ މަސައްކަތަކީ ތައުރީފު ކުރުން ހައްްޤު މަސައްކަތެކެވެ. ކޮލްގެ ސަބަބުން ޓީޗންގެ ރޮގުން ކުރިއަށް ދިއުމުން މަހުރޫމް ވެފައިވާ އެތައް ފަރާތްތަކަކަށް ކުރިއަށް ދިއުމުގެ މަގު މިވަނީ ފަހިވެފައެވެ. އަޅުގަނޑުގެ މިކެރިއަރ ފެށިގެން މިއަދާއި ހަމައަށް އައިސްފައި މިވަނީ ކޮލްއިން ލިބުނު ފުރުސަތުގެ ސަބަބުންނެވެ." (މުހައްމަދު އަލީ/މޯރނިންސްޓަރ/ދ. މާއެބޫދޫ/ ޑިޕްލޮމާ އިން ދިވެހި ޓީޗިންގެ ބެޗް 5، 2014 ގެ ދަރިވަރު) ދަރިވަރުން ފާޅުކޮށްފައި މިވާ ޚިޔާލު ތަކާއި ޝުއޫރުތަކާ މެދު ފުންކޮށް ވިސްނާލަމާ ހިންގަވާށެވެ. މަތީ ތައުލީމު ހޯދުމަށް ތިބާގެ އަނބިދަރިންނާއި އާއިލާ ދޫކޮށް ދިގު މުއްދަތަކަށް ރަށުން ބޭރަށްދާން ނުވަތަ ރާއްޖެއިން ބޭރަށްދާން ތައްޔާރު ހެއްޔެވެ؟ ތިބާގެ ވަޒީފާ ދޫކޮށް 'ފުލްޓައިމް' ދަރިވަރެއްގެ ގޮތުގައި ތައުލިމު ހާސިލުކުރެވޭފަދަ މާލީ ތަނަވަސްކަން ތިބާގެ އެބަހުރިހެއްޔެވެ؟ ރާއްޖޭގެ މަތީތައުލީމަށް ބޭނުންވެފައިވާ އާބާދީގެ ތެރެއިން ކިތައް % މީހުން މިދެ ސުވާލަށް އާއެކޭ ބުނާނެހެއްޔެވެ؟ ވިސްނާލުން މުހިއްމު އެހެންނޫންތޯއެވެ. ދަރިވަރުން ފާޅުކޮށްފައިވާ ޝުއޫރުތަކަށް ބަލާލާއިރު މައިގަނޑު ގޮތެއްގައި ކޮލްގެ ކޯސްތަކަށް ދަރިވަރުން ބޭނުންވެފައިވާ މިންވަރު ދޭހަވެއެވެ. އަދި ދަރިވަރުންގެ ޝައުގުވެރިކަން މިކޯސްތަކާދިމާއަށް މިސްރާބު ކުރުވާ ސަބަބުތައް ކަމުގައި ވަޒީފާ އަދާކުރަމުން، އާއިލާއާއެކު ހިތްހަމަޖެހިގެން، ރަށުގައި ދިރިއުޅެމުން މަތީތައުލީމުގެ ފުރުސަތު ފަހިވުން ހިމެނެއެވެ. އަދި މީގެއިތުރުން ތަފާތު އެހެނިހެން ސަބަބުތަކާހުރެ ކޮންމެ ދުވަހަކު ކުލާހަށް ހާޒިރުވެގެން ކިޔަވާ ކޯސްތަކުގައި ކިޔެވުމުގެ ފުރުސަތު ހަނި ވެފައިވާ ފަރާތްތަކަށް ކޮލްގެ 'ބްލެންޑެޑް މޯޑު'ގައި ކިޔެވުމުގެ ފުރުސަތު ލިބުމުން ދަރިވަރުންގެ އުފާވެރި އިހުސާސްތައް ހާމަވެއެވެ. ކޮލްގެ ކޯސްތަކުގައި ކިޔަވާދެއްވާ ލެކްޗަރާ އިންނާއި އަދި ކޯސްތަކުގެ ފެންވަރާ ގުޅޭގޮތުން ދަރިވަރުންގެ ހިތްހަމަޖެހުން ހާމަވެގެންދެއެވެ. އަދި އިތުރަށް ވިސްނާލަމާތޯއެވެ؟ ދިވެހި ރާއްޖޭގެ ޖުމްލަ އާބާދީގެ ތިންބައިކުޅަ ދެބައި ރާއްޖޭގެ ރަށްތަކުގައި ދިރިއުޅެމުން ދާއިރު މަތީ ތައުލީމުގެ ފުރުސަތަކީ ދަރިވަރުން ހަމައެކަނި އެމީހުންގެ އަމިއްލަ ތަރައްޤީ އާއި ކުރިއެރުމަށް އެދެމުންދާ ކަންކަމެއްނޫނެވެ. މިކަންތައް ގުޅިފައިވަނީ ގައުމުގެ ތަރައްޤީއާއެވެ. ގައުމުގެ ފަރުދުންގެ ތަރައްޤީއާއެވެ. ޤައުމެއް ތަރައްޤީވެ ކުރިއަރައިދާނީ އެގައުމެއްގެ ފަރުދުން ތަރައްޤީވެ ކުރިއެރި މިންވަރަކަށެވެ. އެހެންކަމުން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް މަތީތައުލީމު ލިބިދެވޭ މިފަދަ ފުރުސަތުތައް އިތުރަށް ފަހިކޮށް ފުޅާކުރުމަށް ކަމާބެހޭ އިދާރާތަކުން ވިސްނުން ބަހައްޓަން ޖެހެއެވެ. ދުނިޔެއަށް މިއަންނަ ބަދަލުތަކާއި، ޓެކްނޮލޮޖީގެ ކުރިއެރުންތައް އެންމެ އެދެވޭ ގޮތުގައި އަޅުގަނޑުމެންގެ މަތީތައުލީމުގެ އޮނިގަނޑު ތެރޭގައި ހިމަނައި ޓެކްނޮލޮޖީގެ ފަސޭހަތައް ދަރިވަރުންނަށް ލިބިދިނުމަށް އިތުރަށް ކަންކަން ފަރުމާކޮށް ބައްޓަން ކުރަންޖެހެއެވެ. އަދި މިހާރު ސެންޓަރ ފޮރ އޮޕަން ލާރނިން އިން 'ބްލެންޑެޑް މޯޑު'ގައި މަތީ ތައުލީމު ފޯރުކޮށްދިނުމުގައި ދިމާވާ ހުރަސްތައް ހޯދައި އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ތަފާތު ވަސީލަތްތަކާއި، އެންމެ އެކަށޭނަ ޓެކްނޮލޮޖީގެ ވަސީލަތްތައް ފަހިވުމަކީ މިސެންޓަރަށް މިވަގުތަށް ވަރަށް މުހިއްމު ކަމެއްކަމުގައި ދެކެމެވެ. އަދި މިއީ މިފަދަ ކޯސްތަކުގައި މިވަގުތު ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން މުސްތަޤްބަލުގައި ކޮލްއިން ކޯހެއް ފުރިހަމަ ކުރުމުގެ ހުވަފެން ދެކެމުންދާ އެތައް ދިވެހި ރައްޔިތުންގެވެސް އުއްމީދު ކަމުގައި ނުވެ ނުދާނެއެވެ.